twitterviber whatsapp telegramfacebookyoutube instagram
5th January 2026

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
May 29, 2019

މުޅި ރާއްޖޭއަށް މިއަދު ހެނދުނު 8:30 އިން މެންދުރު ފަހު 13:30 އައި ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެން ވާނެކަމަށެވެ. އަދި މިރޭ ދަންވަރުން ފެށިގެން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އު ތުރުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމުގައި މެޓް އޮފީހުން ބުނެއެވެ.

މެދުތެރެ އާއި ދެކުނު އަތޮޅު ތަކުގެ ކަނޑުުތައް ގަދަވާނެ ކަމަށާއި އުތުރު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް ދެކުނާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355