twitterviber whatsapp telegramfacebookyoutube instagram
16th August 2026

އަންނަ މަހު ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށަނީ

Jun 16, 2019

ޖުލައި މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީ މިއަދު ބުނީ ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފައިވާނެ ކަމަށާއި އަދި ޓެކްސީ ހިދުމަތަށް ބޭނުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވުމުން ޕްރޮޕޯޒަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ. އެގޮތުން އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަގުތައް އަންނަ މަހު އިއުލާނުކުރާނެ އެވެ.

ރާއްޖޭގައި މިހާރު ވެސް ޓެކްސީކުރަން ބޭނުންކުރެވޭނެ ބައެއް މޮބައިލް އެޕްލިކޭޝަން ގެންގުޅެ އެވެ. ނަމަވެސް ދެން ޓެކްސީތަކުގައި ބޭނުންކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355