twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނާސްތާ ޕްރޮގްރާމަށް އިތުރު 34 މިލިއަން ރުފިޔާ

Jul 6, 2019
2

ނާސްތާ ޕްރޮގްރާމަށް 34 މިލިއަން ރުފިޔާ އިތުރު ކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވަނީ ދަރިވަރުންނަށް ދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމުގެ ގޮތުންކަމަށެވެ. މިގޮތުން ކުރިން މި ޕްރޮގްރާމަށް 150 މިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް މިހާރު 184 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމަކީ ތައުލީމީ ދާއިރާގައި ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ތަޢުލީމީ ދާއިރާގައި ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއް ނަމަވެސް އަދިވެސް ބައެއް ސްކޫލްތަކުގައި ނާސްތާ ފޮރުކޮށްދޭނެ ބަޔަކު ލިބިފައި ނުވުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 35 ރަށެއްގައި 245 ކްލާސްރޫމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމެވެ. އަދި އެކި ސްކޫލްތަކުގައި 21 މަލްޓި ޕާރޕަސް ހޯލް މި އަހަރުގެ ތެރޭގައި ޤާއިމުކުރައްވާނެކަމަށާއި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމޭއިރު ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެއްވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355