ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހުރި ޓާފް ދަނޑެއްގައި އަލިފާން ރޯވެ ގެއްލުންވެއްޖެ އެވެ. ދާދި ދެންމެއަކު ހިނގި މިހާދިސާގައި އެތަނުގައި ރޯވި އަލިފާންގަނޑު ފަޔަރ އެންޑް ރެސްކިއު އޮފިޝަލުން ވަނީ ނިންވާލާފަ އެވެ.
އެތަނުގައި ހުރި ކައުންސިލަރަކު ބުނީ ބޮޑަށް ބެލެވެނީ ބަޔަކު ރޯކޮށްލި ކަމަށާއި މިއީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. ރޯވި އެވަގުތަކީ އާންމުކޮށް ސްޓޭޑިއަމްގެ އެކި ބޭނުންތަކަށް ގިނަ ބަޔަކު އެތަނުގައި ހަރަކާތްތެރިވި ވަގުތެއް ކަން ފާހަގަކުރެވެ އެވެ.
މި ހާދިސާގައި އަލިފާން ރޯވީ އަލަށް ހެދި ޓާފް ދަނޑުގަ އެވެ. މި ހާދިސާގައި ޓާފް ދަނޑުގެ ރަބަރުގަނޑުގައި އަލިފާން ރޯވެ، އެތަނަށް ވަނީ ގެއްލުންވެފަ އެވެ. ސްޓޭޑިއަމަކީ ތަން ބެލެހެއްޓުމަށް ވޮޗަރުންވެސް ތިބޭ ތަނެކެވެ.