މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާއި ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން ގުޅިގެން ހަނިމާދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމު ނިއްމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވައިފި އެވެ.
ބައިވެރިންނަށް ހަނދާނީ ލިޔުމާއި ހަދިޔާ ދެއްވީ ހަނިމާދޫ އެގްރިކަލްޗަރގައި މިކަމަށް ބޭއްވުނު ހަފްލާގައި ޝަރަފުވެރިމެޙްމާން މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހުމަދުގެ އިތުރުން ހަނިމާދޫ މުއައްސަސާތަކުގެ އިސްވެރިންނެވެ.
ޝަރަފުވެރި މެޙްމާނު ވާހަކައިގައި ދަނޑުވެރިންނަށް ލިބުނު ތަމްރީނުތަކުގެ ބޭނުންހިފައިގެން ކުރިއަށް ދިއުމަށް އެދުނެވެ. އަދި ސެންޓަރުގ ބޭނުން ފުރިހަމަ ގޮތުގައި ބޭނުންހިފައިކުރިއަށް ދިއުމަށްވެސް އެދުނެވެ. އަދި ކުރިއަށް އޮތްތާގައި ކަމާއި ގުޅޭ މުއްސަސާތަކުން ދަނޑުވެރިންނަށް އެއްބާރުލުން ދީ ފުރުޝަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރާކަމަށް ދެއްނެވިއެވެ.
ބައިވެރިއެއް ފަރާތުން ވާހަކަދައްކަމުން ރާޒީ ބުނީ މި ޕްރޮގުރާމުގެ ތެރެއިން ދަނޑުވެރިކަން ކުރުމުގައި ބިމުގެ ބޭނުން އެންމެފުރިހަމައަށް ހިފުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކާއި އަދި މުޑުވަށް ގަސް ގިނަކުރާނެގޮތާއި، ތަފާތު ގޮތްތަކާއި ބެހޭ މައުލޫމާތު ލިބި އަމަލީ ގޮތުން އެމަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ތަޖުރިބާކުރެވިއްޖެކަމަށެވެ. އަދި ދަނޑުބިންތައް ދޫކުރުމުގައި ރަނގަޅު އުސޫލުތަކެއް ކަޑައެޅި އޭގެ މަންފާ އެންމެނަށްވެސް ލިބޭނެގޮތް ވެގެންދިއުމަކީ ކަމާއިބެހޭ މުއައްސަސާގެ ފަރާތުން އެދޭ އެދުމެއްކަމަށެވެ.
މިފަދަ ފުރުޝަތެއް މިލިބުނީ މިކަމަށް އެދޭތާ އެތަށްދުވަހެއްގެ ފަހުންކަމަށާއި މިފަދަ އިތުރު އިތުރު ފުރުޝަތުތަކަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގުރާމެއް ހަނިމާދޫގައިބޭއްވިކަމަށްޓަކައި މިނިސްޓްރީއަށާއި ހަނިމާދޫ ޒުވާނުންގެ ޖަމއިއްޔާއަށް ވަނީ ސުކުރު އަދާކޮށްފައެވެ. އަދި ހަނިމާދޫ އެގްރިކަލްޗަރގެ ބޭފުޅުން ފޫހިކަމެއްނެތި ބެހެއްޓެވި ގާތްކަން ފާހަނގަކޮށް އެކަމަށްވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ފަރާތުން ޕްރޮގުރާމާއި ގުޅޭގޮތުން ވާހާކަދައްކަމުން މުހަންމަދު އަބްދުލް ކަރީމު ވިދާޅުވީ މިއީ ހަނިމާދޫ ކައުންސިލާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިފާ ޕްރޮގުރާމެއްކަމެއްކަމުގައިނަމަވެސް ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއެކު ކުރިއަށް ދާންޖެހުނީ އެފަރާތުގެ އެއްވެސް ހަބަރެއް ނުވުމުގެ ސަބަބުން ޕްރޮގުރާމު ކެންސަލު ނުކޮށްލާ ދަނޑުވެރިންނަށް އެފުރުޝަތު ހޯދައި ދިނުމުގެ މަގުސަދުގަ އެވެ. އެހެންކަމުން ކުއްލިގޮތަކަށް ޖަމއިއްޔާއިން މި ޕްރޮގުރާމު ކެންސަލުވެނުދީ ހަނިމާދޫގެ ދަނޑުވެރިންނާއި ހަމައަށް މިޕްރޮގުރާމް ގެނެސްދިނީތީ ޖަމްއިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ.
މި ހަފްލާ ނިމިގެންދިޔާއީ ހަފްލާއަށް ވަޑައިގެން ދެއްވި ބޭފުޅުންގެ ޝަރަފުގައި ބޭއްވި ހަވީރުގެ ސައިފޮދަކުންނެވެ. މިހަފްލާގައި ބައިވެރިންނަށް ވަނީ ގަސް ހަދިޔާ ކޮށްފަ އެވެ. އަދި ބައިވެރިން މުޑުވައް ކުރި ގަސްތައް ބައިވެރިންނަށް ހަދިޔާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. ޒުވާނުންގެ ޖަމްއިއްޔާއިން މިއަހަރު އޭޕްރީލް މަހުގައިވެސް ވަނީ މި ސެންޓަރާއި ގުޅިގެން ޕްރޮގުރާމެއްކުރިއަށް ގެންގޮސްފައެވެ. ޖޫން މަހުގެ 16 އިން ފެށިގެން ޕްރޮގުރާމުގައި ޖުމްލަ 18 ބައިވެރިންވަނީ ބައިވެރިވެ ޕްރޮގުރާމު ފުރިހަމަކޮށްފައެވެ.