twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރަން އެމްޑީޕީން ދެކޮޅު

Jul 9, 2019
3

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށައެޅި އިސްލާހަށް އެމްޑީޕީން ދެކޮޅު ހަދައިފި އެވެ.

އެ އިސްލާހަށް ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ އިސްލާހަކީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކޮށް ހުށައަޅާފައިވާ އިސްލާހެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. އަދިނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ.ގެ އިނާޔަތެއް ދޭން ވާނެ ކަމަށްވެސް ބިލްގައިވެ އެވެ.

ހަސަން ލަތީފް ވިދާޅުވީ މުހިންމު ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުން ކަމަށާއި އެއީ އެ މީހުންނަށް މާލީ މަންފާއެއް ދިނުން ނުވަތަ ފައިސާ ދިނުން ނޫން ކަމަށެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިކަމާ އެކު އަޅާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އަދި ގާނޫނުގައި ކަންކަން ފުރިހަމަ ކުރަން ހުރި ނަމަ އެކަން ކުރުމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ބިލް އޮތީ ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ނުކުޅެދޭ މީހުނަށް ގާނޫނުގައިވާ ގޮތުން ދެނީ 2000ރ ގެ އިނާޔަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355