twitterviber whatsapp telegramfacebookyoutube instagram
10th July 2025

މަތީ ސާނަވީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކު

އަބްދުލް ވާހިދު ޙަސަން
Jul 10, 2019
2

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ ދިހަވަނާގައި ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކު ހިމެނިއްޖެ އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުގެ ގަދަ ދިހައަކުން ޖާގަ ހޯދި ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކީ ކުޅުދުއްފުށީ/ ރަޝިޔާ، މުހައްމަދު އަހުމަދެވެ. މުހައްމަދު އަހުމަދު ގަދަ 8 ވަނާގައި ހިމެނިފައިވަނީ ތިން އޭ އާއި ދެ ބީ ހޯދައިގެންނެވެ.

ކުރީ އަހަރުތަކާ އަޅައި ބަލާއިރު މިހާރު ޓޮޕް އެޗީވާސް އެވޯޑްގެ ކުރެޓީރިއާ ވަނީ ވަރަށް މަތިކޮށްފަ އެވެ. އެހެންވުމުގެ ސަބަބުން ޓޮޕް އެޗީވާސް އެވޯޑް ލިބުނު ދަރިވަރުންގެ އަދަދު ވަނީ މަދުވެފަ އެވެ.

މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިހާނުން ރާއްޖޭގެ 11 ދަރިވަރަކު ދުނިޔޭގެ އެއްވަނަ ވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 195 ދަރިވަރުން ވަނީ ހިމެނިފަ އެވެ. އޭގެ ތެރެއިން އެއްވަނަ ހަތަރު ދަރިވަރަކު ހޯދިއިރު ދެ ވަނަ ހާސިލްކުރީ ހަތް ދަރިވަރުން އަދި ތިން ވަނަ 14 ދަރިވަރުން ހޯދާފައި ވެ އެވެ.

ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހެވެ. ގިނަ އަދަދެއްގެ މިނިސްޓަރުންވެސް އިނާމު ދެއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355