twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ކަލްޗަރަލް ސެންޓަރެއް އަޅަނީ

ޚަދީޖާ އާދަމް
Jul 10, 2019
2

ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށިގައި ކަލްޗަރަލް ސެންޓަރެއް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ޝަހީދުވި ހުސެއިން އާދަމްގެ ވާހަކަ ދައްކަނީ ހަމައެކަނި ތިނެއް ނޮވެމްބަރުގައި އެކަނި ކަމަށާއި ޝަހީދު ހުސެއިން އާދަމްގެ އެ ގުރުބާނީ ފެންނަ ގޮތަށް ކަލްޗަރަލް ސެންޓަރެއް ކުޅުދުއްފުށީގައި އިންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހިވަންތަ ސަގާފީ އެކިއެކި ހާދިސާތައް އެބަހުރި ކަމަށާއި އެރަށެއްގައި އޮންނަ ގާދީމީ ކަންކަމަކީ ފަހުރެއް ކަމުގައި ރައްޔިތުން ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން ރައްކާތެރިކުރުމަށް ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ބައެއް ރަށްރަށުގައި ކަލްޗަރަލް ސެންޓަރުތައް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރ. އަތޮޅު އަނގޮޅިތީމުގައި ވެސް ކަލްޗަރަލް ސެންޓަރެއް ހަދާނެ ކަމަށާއި އެރަށަކީ މަޖިލިސް ރައީސް، ރައީސް ނަޝީދުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީއަކީ ވެސް ވަރަށް ބޮޑު ތާރީހެއް އޮތް ރަށެއް ކަމަށެވެ. އެތަންތަން ދަމަހައްޓަންޖެހޭނެ ކަމަށެވެ. އެގޮތުން އައްޑޫގައި ވެސް ކަލްޗަރަލް ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ޒޯންތަކަށް ބަހާލައިގެން އެކި ޒޯންތަކުގައި ކަލްޗަރަލް ސެންޓަރުތައް ގާއިމް ކުރުމަށް ނިންމާފައިވާއިރު އދ ދަނގެތި، އއ ތޮއްޑޫ އަދި ލ ގަމުގައިވެސް ކަލްޗަރަލް ސެންޓަރު ގާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355