twitterviber whatsapp telegramfacebookyoutube instagram
21st June 2026

ކުޅުދުއްފުށީ ނެރު ފައިކައްޓަށް ލޯންޗެއް އަރައި، އަޑިއަށްގޮސްފި

Jul 16, 2019
3

ކުޅުދުއްފުއްޓަށް ވަންނަ އައި ލޯންޗެއް ކަނޑިމަ ފައިކައްޓަށް އަރައި، ގެންލުންވެއްޖެ އެވެ. މި ހާދިސާގައި ގެއްލުންވެފައިވަނީ ކުޅުދުއްފުށީ "ދަރުމަ" ނަމަކަށް ކިޔާ ލޯންޗަކަށެވެ.

ހަނިމާދޫ އެއާޕޯޓުން މީހުން ގޮވައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި މި ލޯންޗު ފައިކައްޓަށް އެރީ މިރޭ ގާތްގަނޑަކަށް 19:56 އެހާއިރު ކަމަށް މަންޒަރު ދުއް މީހުން މިނޫހަށް މައުލޫމާތުދިނެވެ.

މި ހާދިސާގައި ލޯންޗު އެރީ ދެކުނު ފައިކައްޓަކަށެވެ. 12 މީހުންގެ ޖާގައިގެ އެ ލޯންޗުގައި އެވަގުތު ތިބި މީހުންނަށް އަނިޔާނުވާކަމަށް މައުލޫމާތު ލިބެ އެވެ. މަންޒަރު ދުއް މީހަކު ބުނީ އެ ވަގުތު ހަމަ އެ ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް އަރުވާފައިވާ ކަމަށެވެ.

އެ ވަގުތު ލޯންޗު އަޑިއަށް ނުދިޔަކަމުގައިވިޔަސް ފަޅުތެރެއަށް ވެއްދިފަހުން ލޯންޗު ވަނީ އަޑިއަށްގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355