twitterviber whatsapp telegramfacebookyoutube instagram
25th August 2026

ގަދަވަޔާއެކު ފޯކައިދޫ ބޯޅަދަނޑުގެ ފެންސުން ބޮޑު ބައެއް ވެއްޓިއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 17, 2019
1

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ހަވީރު އައި ކޮޅިގަނޑެއްގައި ށ ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ފެންސުން ބައެއް ވެއްޓިއްޖެ އެވެ.

އެ ދަނޑުގައި ފުރަތަމަ ފެންސުން ޖަހާފައިވަނީ 2004 ވަނަ އަހަރު ޒުވާނުންތަކެއްގެ އިސްނެގުމަށެވެ. އެއަށްފަހުން އެކި ފަހަރު މަތިން އެ ފެންސު ވަނީ މަރާމާތުކޮށް ވަރުގަދަކޮށްފަ އެވެ. ނަމަވެސް މިއަދު އައި ކޮޅިގަނޑުގައި ދަނޑުގެ އިރުމަތި ފަރާތު ފެންސުން ބޮޑު ބައެއް ވަނީ ވެއްޓިފަ އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިރޭ ކޭއޯއަށް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.ވެއްޓިފައިވާ ފެންސުގައި ގާތްގަނޑަށް 190 ފޫޓް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވެއްޓުނު ބައި މިހާރު އެތަނުން ނަގައި ދަނޑުތެރެއަށް ލާފައިވާ ކަމަށެވެ.

ރާޝިދު ވިދާޅުވީ ފެންސުގެ ވެއްޓުނު ބައި މަރާމާތުކޮށް އަލުން ހަރުކުރަން ގާތްގަނޑަށް 75 ހާސް ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ ކަމަށެވެ.

ފޯކައިދޫ ބޯޅަ ދަނޑުގެ ފެންސުން އެންމެ ފަހުން މަރާމާތުކޮށްފައިވަނީ މިދިޔަ އަހަރުތަކުގައި ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355