twitterviber whatsapp telegramfacebookyoutube instagram
21st June 2026

ލެބޯޓަރީ މެޝިންގައި ޖެހުނު މައްސަލަ ހައްލުކޮށް ޓެސްޓްތައް ހަދަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 17, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓަރީގައި ހުންނަ މެޝިނެއްގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ލެބޯޓަރީގެ މެޝިނެއްގައި މައްސަލަ ޖެހުނީ މިދިޔަ ހޮނިހިރުދުވަހު އެވެ. އެހެންވުމުގެ ސަބަބުން އެތަނުގައި ހަދަމުންދިޔަ ލޭ ޓެސްޓްތައް ހެދުން މެދުކެނޑި، ރައްޔިތުންގެ ޝަކުވާބޮޑުވި އެވެ.

ކޭއާރުއެޗުގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީ، މައްސަލަ ޖެހުނު މެޝިން މަރާމާތުކޮށް، މިއަދު ޓެސްޓް ހަދަން ފަށާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މެޝިންގެ މައްސަލަ ޖެހުމުން އެކަމަށް މިނިސްޓްރީން ވަރަށް އަވަހަށް އިޖާބަދީ އެ މައްސަލަ ހައްލުކުރުމަށް ބަޔޮމެޑިކަލް އިންޖިނިއަރުން ފޮނުވި ކަމަށެވެ.

ތިން ދުވަހުގެ މަސައްކަތުން މެޝިނަށް ދިމާވި މައްސަލަ ހައްލުކޮށް، ކުރިން ހަދަމުންދިޔަ ހުރިހާ ޓެސްޓްތަކެއް މިހާރު ހެދޭނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އެންމެ މުހިންމު އެއް މެޝިންގައި މައްސަލަ ޖެހި ހިދުމަތް މެދުކެނޑުނީ ހަލުވިކަމާއެކު ކުޅުދުއްފުށީގައި ޗިކަންގުންޏާ އާއި ޑެންގީ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް ފެތުރަމުންދާ ދުވަސްވަރެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355