twitterviber whatsapp telegramfacebookyoutube instagram
19th April 2024

1.3 ބިލިއަން ރުފިޔާގެ އުމްރާނީ މަސައްކަތް ކުރިއަށް އެބަދޭ: ޕްލޭނިން މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
Jul 21, 2019
1

ރާއްޖޭގައި މިހާރު 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ކުރަމުންދާ ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގަ ކުރަން ނިންމާފައިވާ އެންމެ ބޮޑު އުމުރާނީ ދެ މަސައްކަތްތަކީ މާލޭގައި ހުރި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި މާލޭ ވިލިމާލެ އަދި ގުޅީފަޅު ކޯޒްވޭއަކުން ގުޅާލުންކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު މައިގަނޑު ގޮތެއްގައި ހިންގަމުންދަނީ އުމްރާނީ މަޝްރޫއުތައް ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ މަގުހެދުމާއި ނަރުދަމާ ފެން އަދި ގޮނޑު ދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓްތައް ތަރައްގީކުރުން ފަދަ މަޝްރޫތައް ކަމަށެވެ.

އަސްލަމް ވަނީ މިވަގުތު ކުރިއަށްދާ މަޝްރޫއުތަކުގެ އަދަދުތައްވެސް ތަފްސީލްކޮށްދެއްވާފަ އެވެ. އެގޮތުން ފެނާއި ނަރުދަމާ ގޮތުގައި 53 މަޝްރޫއެއް ކުރިއަށްދާއިރު ފެނުގެ ވަކި 39 މަޝްރޫއަކާއި ނަރުދަމާގެ ވަކި މަޝްރޫއުގެ ގޮތުގައި 12 މަޝްރޫއެއް ހިނގަމުންދާ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 20 މަޝްރޫއަކާއި ޖެޓީ ހެދުމުގެ 2 މަޝްރޫއުގެ އިތުރުން ބިން ހިއްކުމުގެ 20 މަޝްރޫއެއް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި އިންފްރާސްޓްރަކްޗާ ނުވަތަ އުމްރަނީ މަސައްކަތްތަކަށް ބޮޑެތި އަދަދުތައް މިއަހަރުގެ ބަޖެޓުގަ ޖަހާފައި ނެތްކަމުގައިވިޔަސް ޕްރޮޖެކްޓުތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ފައިސާ މެނޭޖުކޮށްގެންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355