twitterviber whatsapp telegramfacebookyoutube instagram
11th May 2021

ރަސްމީކޮށް ސީޓީ މެޝިންގެ ހިދުމަތް ފެށޭނެ ދުވަހެއް ނޭނގޭ: ކޭއާރުއެޗު

އިބްރާހިމް ހަމީދު
Jul 30, 2019
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީ ސިފައެއްގައި ނުދެވޭކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިންޑިޔާގެ ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައި 16 ސްލައިސްގެ ސީޓީ މެޝިނެއްކެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ކުރުމަށްޓަކައި މިދިޔައަހަރު އޮކްޓޯބަރުމަހު ވަނީ ޔާމީން ސަރުކާރުންވަނީ 128 ސްލައިސްގެ އެންމެ ޒަމާނީ ސީޓީ މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސް ހިދުމަތް ދިނުމަށް ވަނީ ތައްޔާރީތަކެއް ކޮށްފަ އެވެ.

ކޭއާރުއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ މެޝިންގެ ހިދުމަތް ރަސްމީ ސިފައެއްގައި އަދި ނުދެވޭކަމަށާއި އެކަމަކު އެފަދަ ސީޓީ ސްކޭން ހަދަން ޖެހޭ މީހަކު އައިސްފިނަމަ ސީޓީ ސްކޭން ނުހަދަ ފޮނުވާނުލާކަމަށެވެ.

"އެތަނަށް ބޭނުންވާ ބައެއް ތަކެތި ހޯދަންޖެހޭތީ އެތަކެތި ގަތުމުގެ ހުއްދަވެސް ވަނީ ލިބިފައި އެހެންނަމަވެސް މާލޭއިން އެއްޗެއްހި ގަނެގެން ގެންނަން ވީމާ ޕްރޮސެސް ދިގުވާތީ އަދި މިއުޅެނީ ނުވެގެން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނަންހާމަ ކުރަން ބޭނުން ނުވާ ރައްޔިތަކު މިނޫހާއި މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ ޖޫންމަހު ކޭއޯއިން ގެނެސްދީފައިވާ ހަބަރަކުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ބުނެފައިވަނީ ސީޓީ މެޝިނުގެ އިންސްޓޯލޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި ޖޫންމަސް ނިމުމުގެ ކުރީން ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ސީޓީ މެޟިންގެ ހިދުމަތް ރައްޔިތުންނަށް ލިބިގެން ދާނެކަމަށެވެ.

އިތުރަށް އެމީހާ ބުނީ ވަރަށް އަވަހަށް އެހިދުމަތް ހޮސްޕިޓަލުން ލިބިގެންދާނެކަމަށް އުއްމީދު ކޮށްގެން ހުއްޓާ ޖޫންމަސްނިމި ޖުލައި މަސް ނިމިގެން ދިޔައިރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ މެޝިންގެ ހިދުމަތް ރަސްމީ ސިފައެއްގައި ލިބިގެން ދާ ކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައި ނުވާތީ އެހިދުމަތް ހޯއްދުމަށް ބޭނުންވާ ފަރާތްތަކުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ވާނުވާގައިކަމަށެވެ.

"މިއީ އެއްގޮތަކަށްވެސް އިންސްޓޯލްކޮށް ނިމި މިކަމަށް ބޭނުންވާ މުވައްޒަފުން ތިބެ ސީޓީގެ ހިދުމަތް ރަސްމީގޮތުން ނުދެވެންވީ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވޭ." އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

ސީޓީގެ މެޝިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓީމަކުން އައިސް ހުރިހާ މަސައްކަތެއް ނިންމާފައިވާ މަސައްކަތެއްކަމަށާއި އެހެންނަމަވެސް މިއަދާއިހަމައަށްވެސް އެހިދުމަތް އަދި ވެސް ފެށިފައިނުވާތީ އާންމުންގެ ފާޑުކިޔުން ދަނީ ހެލްތު މިނިސްޓްރީއަށާއި ސަރުކާރަށް އަމާޒުވަމުންނެވެ.

މިކަމުގައި ހެލްތް މިނިސްޓްރީގެ ބަހެއް އަދި ވަނީ މިނޫހަށް ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355