twitterviber whatsapp telegramfacebookyoutube instagram
8th January 2026

ހައުސިންގ މިނިސްޓަރު ހދ ގައި، މިއަދު މެންދުރުފަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ

Jul 31, 2019
1

ހދ އަތޮޅުގައި ސަރުކާރުން ގާއިމުކޮށްފައިވާ ހައުންސިންގ ޔުނިޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓަރު އާމިނަތު އާތިފާ ހދ އަށް ވަޑައިގެންފި އެވެ.

މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ހދ އަތޮޅުގެ ތިން ރަށަކަށް އެކަމަނާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހަނިމާދޫ، ނޮޅިވަރަންފަރު އަދި ކުޅުދުއްފުއްޓަށެވެ. މިއަދު ހެނދުނު ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ހުރި ހައުސިންގ ޔުނިޓްގެ ހާލަތު ބައްލަވާލައްވާފައިވާއިރު މިހާރު މިނިސްޓަރު ހުންނެވީ ނޮޅިވަރަންފަރުގަ އެވެ.

ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތައް ބައްލަވާލެއްވުމަށްފަހު މިއަދު މެންދަރު ފަހު 2:15 ހާއިރު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅުގައި، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ރަށްރަށުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށްފައިވާ ސައިޓްތަކަށް ޒިޔާރަތް ކުރައްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355