twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ވަގަށް ބަނބުކެޔޮ ކަނޑަން ގަހަށް އަރައިގެން އުޅެނިކޮށް ވެއްޓި މައިބަދައަށް އަނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 4, 2019
7

މީހަކު ވަގަށް ބަނބުކެޔޮ ކަނޑަން ގަހަށް އަރައި އުޅެނިކޮށް ގަހުގެ ގޮފިގަނޑަކާއެކު ވެއްޓި އަނިޔާ ވެއްޖެ އެވެ.

މިދިޔަ ހަފުތާ ތެރޭ ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ގަހުން ވެއްޓި، މައިބަނދައަށް އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ. އެނގިފައިވާގޮތުގައި އޭނާއަކީ އެފަދަ ތަފާތު ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ގެވަޅެއްގައި ހުރި އެ ބަނބުކެޔޮ ގަހުން ވަގު ކަލޭގެ ވެއްޓިފައި އޮތްކަން އެނގުނީ އެ ގެވަޅުގެ ވެރި މީހަ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ބަނބުކޭލޭއް ހޯދުމަށް ގެވަޅަށް ދިޔުމުން ކަމަށެވެ.

އެކަން އެނގޭ މީހަކު ކޭއޯއަށް ކިޔައިދެމުން ބުނީ ގެވަޅުގެ ވެރި މީހާ އެދުވަހުގެ މެންދުރު 1-2 އަކާ ދޭތެރޭ ގެވަޅަށް ދިޔައިރު ބަނބުކެޔޮ ގަހުގެ ގޮފިގަނޑާއެކު ވަގު ކަލޭގެ ވެއްޓި، އެއްގޮތެއްވެސް ހަދައި ނުލެވިފައި އޮތްކަމަށެވެ.

" ގެވަޅުގެ ވެރި މީހާ އެތަނަށް ދިޔައިރު ވަގު ކަލޭގެ އޮތީ ގަހުން ވެއްޓި އެއްގޮތެއްވެސް ނުހެދިފައި. ނޭނގޭ ކިހާއިރެއް ވިކަމެއްވެސް އެހެން އޮންނަތާ. ވަގު ވެއްޓިފައި އޮތީ އޭނާ އަރައި އޮތް ގޮފިގަނޑު ވީދައިގެންގޮސްގެން. " އެކަން އެނގޭ މީހަކު ބުންޏެވެ.

ވަގުތުން ފުލުހުންނަށް ގުޅައި ރިޕޯޓްކުރުމުން، އެމިހާ ހޮސްޕިޓަލަށް ގެންދިޔައީވެސް ފުލުހުންނެވެ. އޭނާ ގަހުން ވެއްޓުނުއިރުވެސް ގަހުން 15 ބަނބުކެޔޮ ކަނޑާފައި އޮތް ކަމަށާއި އަދި ވެއްޓިފައިވާ ގޮފިގަނޑުގައިވެސް ގިނަ އަދަދަކަށް ބަނބުކެޔޮ ހުރިކަމަށް އެމީހާ ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެމީހާއަށް ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވަނީ މާލެ ފޮނުވާލާފަ އެވެ. މިމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355