twitterviber whatsapp telegramfacebookyoutube instagram
8th September 2026

ކެލާގައި ވަރުގަދަ ހުމެއް ފެތުރޭތީ އިތުރު ޑޮކްޓަރުން ގެންދަނީ

ނަބީލާ އިސްމާޢީލް
Aug 17, 2019

ހއ. ކެލާގައި ވަރުގަދަ ހުމެއްފެތުރި، އެ ރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ޑޮކްޓަރު އެޑުމިޓް ކުރަންޖެހުމުގެ ސަބަބުން އެހެން ޑޮކްޓަރެއް ގެންގޮސް ބަލިމީހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެރަށު ސިއްހީ މަރުކަޒުން ބުނާގޮތުގައި ހުން އައިސް ހޮޑުލާތީ އިއްޔެ އެކަނިވެސް 25 މީހުން ސިއްހީ މަރުކަޒަށް ދައްކަން ދިޔަކަމަށެވެ. އޭގެ ތެރެއިން 60 އިންސައްތަ އަކީ ކުޑަކުދިން ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށެވެ.

މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ދެ ކުދިންނަށް ކަމަށާއި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓްކުރުމުގެ ސަބަބުން ބަލިމީހުން ބެލުމުގައި ހަރަކާތް ތެރިވަމުން ދަނީ ދެ ހެލްތުވޯކަރުން ކަމަށެވެ.

އެހެންވެ ބަލި މީހުން ބެލުމަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުން ވަނީ އެރަށަށް ޑޮކްޓަރެއް ގެންގޮސްފަ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ޑޮކްޓަރަކު ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް އެފަރާތުން ބުނެ

މީގެ ކުރިން ދުވާލެއްގެ މައްޗަށް އެކި ބޭނުންތަކަށް ސިއްހީ މަރުކަޒަށް ދަނީ 10-12 މީހުންނެވެ. ނަމަވެސް އިއްޔެ ގިނަ އަދަދަކަށް މީހުން ހުން އައިސްގެން ދިއުމާއި އޭގެ ތެރޭގައި ގިނައިން ތިބީ ކުޑަކުދިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293