twitterviber whatsapp telegramfacebookyoutube instagram
12th July 2020

ކުޅުދުއްފުށީ ދެ ގެޔަކަށް ވަގު ވަދެ ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި

Aug 21, 2019
1

ކުޅުދުއްފުށީ ދެ ގެޔަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ.

ދެކުނު އަވަށުގައި ހުންނަ ދެ ގެޔަކަށް ވަގު ވަދެފައިވަނީ މިމަހު 18 ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ދެ ގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެ އިންނެވެ.

އެތަނުން އެއް ގެޔަކުން ވަގަށް ނަގާފައިވަނީ ރިހާކުރު ފުޅި އަކާއި ކަރަންޓް ޖަގެއްގެ އިތުރުން ކޮފީ މިކްސްޗަރެކެވެ. އަނެއް ގެއިން ވަގަށް ގެންގޮސްފައިވަނީ ތެލުލި ބަނބުކެޔޮ ދަޅަކާއި ކޭކް ފޮއްޓެއްކެވެ.

އެ ދެ ގެއިންވެސް ވަގު ވަދެ ވައްކަން ކޮށްފައިވަނީ ބަދިގެ ތަޅުނުލާ ހުއްޓަ އެވެ. އަދި އެތަނުން އެއް ގެޔަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު އަނެއް ގެއިން ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިނުވާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355