ތައިލެންޑަށާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޟަމާލް ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑިއެފް މަޢުލޫމާތު ދެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއަށް އަލްވަދާޢު ވިދާޅުވެފައި ވަނީ ސިފައިންގެ އިސްވެރިންނެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ރަސްމީ މިދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.