twitterviber whatsapp telegramfacebookyoutube instagram
29th March 2024

5 ބުރީގެ އިމާރާތް ހަދަން އޮކްޓޯބަރުމަހު ބަޔަކާ ހަވާލުކުރެވޭނެ: ލަތީފް

އަބްދުލް ވާހިދު ޙަސަން
Aug 27, 2019
4

ކުޅުދުއްފުށީ ކައުންސިލުން އިމާރާތްކުރަން ނިންމާފައިވާ ފަސް ބުރީގެ އިމާރާތް ހެދުމަށް އަންނަ އޮކްޓޯބަރުމަހު ބަޔަކާ ހަވާލުކުރެވޭނެކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ކުރީގެ އުސްގެ ހުރި ބިމުގައި މި އިމާރާތް ހަދަން ނިންމާ އެކަން ހާމަކޮށްފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ތެރޭގައި އެވެ. އެ އިމާރާތް ކުރަން ނިންމާފައިވާ ތަނުގައި މިހާރު ހުންނަނީ ބޮޑުފެންޑާ އާއި ފެމެލީ ބޭކަރީގެ އިމާރާތެއްކެވެ. 2400 އަކަފޫޓް ބިމެއްގައި ހަދަން ނިންމާފައިވާ މި އިމާރާތް ހަދާނީ އެތަނުގައި މިހާރު ހުރި އިމާރާތްތައް ނަގާފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ފަސް ބުރީގެ އިމާރާތް އެޅުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެގޮތުން ބީއޯކިޔު ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި ނިންމާ ކައުންސިލާ ހަވާލުކުރާނެކަމަށް އެފަރާތުން ހާމަކޮށްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މި ފެށޭ ސެޕްޓެމްބަރުމަހު އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކުރާނެ ކަމަށާއި އެހެންވުމުން އޮކްޓޯބަރު މަހު މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

މި އިމާރާތުގެ ސަބަބުން މާލިއްޔަތު އިތުރުވެ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލަށް ފުރުސަތު ފަހިވެގެންދާނެކަމަށް ލަތީފް ވަނީ ކުރިން ވިދާޅުވި އެވެ.

އަދި މި ބިމަކީ ރަށުގެ ވަރަށް މުހިންމު ސަރަހައްދެއްގައި ހުރި ބިމަކަށް ވާތީ އެބިމުން އެންމެ އެކަށީގެންވާ ފައިދާ ކައުންސިލަށް ހޯދުމުގެ މައިގަނޑު ބޭނުމުގައި ހަދަން ނިންމި މި އިމާރާތުގައި ފިހާރައަކާއި ލައިބުރަރީއެއް އަދި ހޯލެއްގެ އިތުރުން އެޕާޓްމަންޓާއި ވީއަޕީ އެޕާޓްމަންޓް އަދި ވީއައިޕީ ރޫމްތަކެއް ހުންނާނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކައުންސިލަކު ހަރަދުކޮށްގެން އިމާރާތްކުރާ އެންމެ ބޮޑު އިމާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355