twitterviber whatsapp telegramfacebookyoutube instagram
22nd October 2019

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކެއް ހެދިގެންދާނެ: ކައުންސިލް

އަބްދުލް ވާހިދު ޙަސަން
Sep 2, 2019
7

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ސްވިމިންގ ޓްރެކެއް ހެދިގެންދާނެކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޓްރެކް ހަދާނެތަނަކާ ބެހޭގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާކުރަމުން މިދަނީ ސްވިމިންގ ޓްރެކް ގާއިމުކުރާނެ ތަނާއި ބެހޭގޮތުން މިނިސްޓަރު ވަރަށް ޔަގީންކަން ދެއްވާފަ ވަނީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކްގެ މަސައްކަތް ފެށިދާނެކަމަށް." ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އައުޓްޑޯ ޖިމްވެސް ދާދި އަބަހަށް ކުޅުދުއްފުއްޓަށް ލިބިގެންދާނެ ކަމަށާއި އަދި އައުޓްޑޯ ޖިމް ގާއިމްކުރާނެތަނެއްވެސް ކައުންސިލުން ކަނޑައަޅާ މިނިސްޓްރީއަށް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި ނެޗުރަލް ގުރާސް އިންދަން ނިންމާފައިވާ އިތުރު ފުޓްބޯޅަ ދަނޑެއްގައި ވަނީ ޓާފް އަޅަން ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355