twitterviber whatsapp telegramfacebookyoutube instagram
25th September 2026

ހިރިމަރަދޫގައި ހެދި ކުޑަކުދިންގެ ޕާކް ބޭނުންކުރަން ފަށައިފި

Sep 11, 2019
2

ހދ ހިރިމަރަދޫގައި ހެދި ކުޑަކުދިންގެ ޕާރކް ނިންމާ ބޭނުންކުރަން ފަށައިފި އެވެ. އެރަށު ބަނދަރު ސަރަހައްދުގައި ހެދި މި ޕާކް ތަރައްގީކުރުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވެފައިވެ އެވެ.

ކައުންސިލްގެ މާލިއްޔަތުންނާއި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓްރީ ދިން ގުރާންޓެއްގެ އެހީގައި ހެދި މި ޕާރކް ހެދުމަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ އެވެ.

މި ޕާރކްގައި ބަހައްޓާފައިވާ ތަކެތި ގަނެފައިވަނީ ކުރީގެ ސަރުކާރުން ދިން 3 ލައްކަ ރުފިޔާގެ ގުރާންޓުންނެވެ. ޕާރކް ހެދުމަށް ކައުންސިލްގެ މާލިއްޔަތުން ވަނީ ބޮޑު ހޭދައެއްކޮށްފަ އެވެ.

ވަގުތީ ގޮތުން ޕާރކް ބޭނުންކުރަން ފަށާފައިވާއިރު ރަސްމީކޮށް ޕާރކް ހުޅުވުމަށް ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293