twitterviber whatsapp telegramfacebookyoutube instagram
1st June 2020

ފުނަދޫ އެއާޕޯޓްގެ ހިދުމަތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

Sep 17, 2019

ށ ފުނަދޫގައި ތަރައްގީކުރި އެއާޕޯޓް ކުރިއަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށާއި ގދ.މާވާރުލު އެއާޕޯޓް މިއަހަރު ފަހުކޮޅު ނިމޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯރަފުއްޓާއި ފަރެސްމާތޮޑާގައި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާކަމަށާ އެ އެއާޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި ޅ.މަޑިވަރު އެއާޕޯޓްގެ މަސައްކަތްވެސް ނިންމާ އޮޕަރޭޝަންތައް އަންނަ އަހަރު މާރޗްގައި ފެށޭނެކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.

މަކުނުދޫއަށް ސީޕްލޭންގެ ހިދުމަތް ތައާރަފްކުރަން ވިސްނަނީ

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރުވެސް ބައިވެރިވި މި ބައްދަލުވުމުގައި ވިދާޅުވީ، 30 މިނެޓުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެއާޕޯޓަށް ދެވޭނެ މަގު ފަހިވެގެންދިޔަކަމުގައިވިޔަސް ހދ މަކުނުދޫ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

މަކުނުދޫއަކީ ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އެކަހެރިކޮށް އޮންނަ ރަށެވެ. އަތޮޅުގެ ވެރިރަށަށް ސްޕީޑް ލޯންޗެއްގައިވެސް ދާން ގަޑިއިރަކު ހޭދަވެ އެވެ.

އެގޮތުން އެރަށް އޮންނަނީ ވަރަށް އެކަހެރި ސަރަހައްދެއްގައިކަން ފާހަގަކުރައްވާ ރީޖަނަލް އެއަރޕޯޓްސްއިން ބުނީ މަކުނުދޫއަށް ސީޕްލޭން ފަދަ ހިދުމަތެއް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި މަކުނުދޫއަށް ވަޑައިގެން ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވައިގެ މަގުން މަކުނުދޫން ދަތުރުކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި ނަމަވެސް އެއީ އެއާޕޯޓެއް އަޅައިގެން ތޯ ނޫނީ ސީޕްލޭނުގައި ތޯ ނިންމާނީ ދިރާސާ ކުރުމަށްފަހު އެތަންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބާ ތޯ ބެލުމަށްފަހު ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355