twitterviber whatsapp telegramfacebookyoutube instagram
14th March 2026

އަމީރު އަމީން ސްކޫލަށް އަންނަ އަހަރަށް ކުދިން ވެއްދުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Sep 18, 2019

2020 ވަނަ އަހަރަށް ކުދިން ވެއްދުމުގެ ފުރުސަތު އަމީރު އަމީން ސްކޫލުން ހުޅުވާލައިފި އެވެ.

ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުރިން ވެއްދުމަށް އެ ސްކޫލުން ފުރުސަތު ހުޅުވާލާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މެންދުރު 12:00 ހަމައަށެވެ.

ޖާގަ ދިނުމުގައި އިސްކަން ދެވޭނީ ފޯމްލާ ތަރުތީބުން ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

ބޭބީ ނާސަރީއަށް ވަދެވޭނީ 31 މާރޗް 2020 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނެވެ. އަދި ނާސަރީއަށް ވަދެވޭނީ 31 މަރޗު 2020 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިންނެވެ.

23ސެޕްޓެމްބަރުން ފެށިގެން ފޯމު ދޫކުރުމަށް ހަމަޖެހިފައިވާއިރު ފޯމް ދޫކުރުމާއި ބަލާއިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުުރު 12 ށެވެ. އަދި ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުގެ އައިޑީ ނުވަތަ އައިޑީ ކާޑުގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް ހިފައިގެން އައުމުން ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

ކޮންމެ ފޯމަކަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355