twitterviber whatsapp telegramfacebookyoutube instagram
3rd July 2026

އަތޮޅުތެރޭގައި ނަފްސާނީ ބައްޔަށް ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރާނަން: މިނިސްޓަރު

Oct 11, 2019

ކުރިއަށް އޮތް އަހަރުތަކުގައި އަތޮޅުތެރެއަށް ނަފްސާނީ ބަލިތަކުގެ ފަރުވާ ފުޅާކުރާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމް ހޮސްޕިޓަލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާ މިހާރު ލިބެނީ ހަމައެކަނި މާލެއިން ކަމަށްވިޔަސް ކުރިއަށް އޮތް އަހަރުތަކުގައި ނަފްސާނީ ބަލިތަކުގެ ފެންވަރު ރަނގަޅު ފަރުވާ އަތޮޅުތެރެއަށް ފުޅާކުރާނެ ކަމަށެވެ.

ނަފްސާނީ ބަލިތަކުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ހޮސްޕިޓަލްތަކާއެކު ނަފްސާނީ ބައްޔަށް ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ނަފްސާނީ ބައްޔަކީވެސް ޖިސްމާނީ ބަލިތަކަށް ފަރުވާ ބޭނުންވާގޮތަށް ފަރުވާ ބޭނުންވާ ކަމެއްކަން މީހުންނަށް ވިސްނައިދޭންޖެހޭކަމަށެވެ. އަދި މިފަދަ ބަލިތަކުން ދުރުހެލިވުމަށް ދިރިއުޅުމުގެ ވައްތަފާޅިއަށްވެސް ހެޔޮ ބަދަލުތައް ގެންނަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކުގެ ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355