twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮޑު ފައިސާގެ އިނާމަކާއެކު ރެޑްބުލް ސްވިޗްއަޕް މޯލްޑިވްސް މިއަހަރު ކުޅުދުއްފުށީގައި

Dec 21, 2019

ރެޑްބުލްއިން ކުރިއަށް ގެންދާ ނެޓްބޯލް ޓޯނަމެންޓް "ރެޑްބުލް ސްވިޗްއަޕް މޯލްޑިވްސް 2019- ފައިނަލްސް" މިއަހަރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މިއީ އަންހެން ކުދިންނަށް ހާއްސަކޮށްގެން ރެޑްބުލްއިން ކުރިއަށް ގެންދާ އިވެންޓެެކެވެ.

ރެޑްބުލްއާއި ޑަބްލިއު ސްޕޯޓް އެކަޑެމީއާއި ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު، ބިބްސް، ފޯރުކޮށްދޭނީ ޑަބްލިއު ސްޕޯޓްސް އެކަޑެމީން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މެޗުތައް ކުރިއަށް ދާ ވަގުތު އިންޓަވަލް ފޯރުކޮށްދޭނީ ރެޑްބުލްގެ ފަރާތުންނެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯޕަން އިވެންޓެއްގެ ގޮތުގައެވެ.

އެގޮތުން ޗެމްޕިއަން ޓީމަށް 35،000 ރުފިޔާއަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާ ލިބިގެންދާނެ އެވެ.

އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ. މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެވެ. އަދި މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކި 27 ޑިސެމްބަރެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މާދަމާއިން ފެށިގެން ޑަބްލިއު ނިޓް (W Knit) އިން ލިބެން ހުންނާނެއެވެ.

ރެޑްބުލްގެ މި މުބާރާތަކީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން ގްލޯބަލީ މި މުބާރާތް ކުރިއަށްގެންދަން ފެށީ މިިދިޔަ އަހަރުއެވެ.

އަދި ރާއްޖޭގައިވެސް މި މުބާރާތް ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

ރެޑްބުލް ސްވިޗްއަފް ގައި މެޗުތައް ކުރިއަށްދާނީ ހާފް ކޯޓް ސްޓައިލަށެވެ. ޓީމެއްގައި ހިމެނޭނީ 5 ކުޅުންތެރިނެވެ. ނަމަވެސް ކުޅެން ކޯޓަށް އަރާނީ 4 ކުޅުންތެރިންނެވެ. ކޮންމެ މެޗެއްގައިވެސް އިންނާނީ 5 މިނެޓް ދެ ހާފެވެ. އަދި ހާފް ބްރޭކްގެ ގޮތުގައި 1 މިނެޓް ލިބިގެންދާނެއެވެ.

މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355