twitterviber whatsapp telegramfacebookyoutube instagram
20th February 2026

މުފްތީ މެންކްގެ ދަރުސް މިރޭ ކުޅުދުއްފުށީގައި

Jan 16, 2020
1

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބުނު މުސާ މެންކްގެ ދަރުހެއް މިރޭ ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިރޭ މިދަރުސް އޮންނާނީ 20:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އެކި ރަށްތަކުގައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ރޭ ވަނީ މުފްތީ މެންކްގެ ދަރުހެއް ބާއްވާފަ އެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އަދި ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ މެންކަކީ، ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.

މިއީ ރާއްޖޭއިން ބޭރުގެ މަޝްހޫރު އިލްމްވެރިޔަކު ކުޅުދުއްފުއްޓަށް ވަޑައިގެން ދަރުހެއް ބާއްވާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355