twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Jan 27, 2020

އެމެރިކާގެ ކުރީގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް އިއްޔެ މަރުވެއްޖެއެވެ.

މީޑިއާތައް ބުނާ ގޮތުން ކޯބީ މަރުވީ އޭނާ ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓި ހިނގި އެކްސިޑެންޓްގައެވެ. މި ހާދިސާގައި ބްރަޔަންޓް އިތުރުން އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅާއި ހެލިކޮޕްޓަރުން ދަތުރުކުރި މީހުން ވެސް ވަނީ މަރުވެފައެވެ.

އޭނާ މަރުވީ މަމްބާ ސްޕޯޓްސް އެކަޑާމީގައި ދަރިފުޅު ކުޅުމަށް ހަމަޖެހިފައިވާ ބާސްކެޓް ގޭމްސްގައި ކުޅުމަށް ދަރިފުޅުގެ ކޯޗެއްގެ ގޮތުގައި ދަތުރު ކުރަމުން ދަނިކޮންނެވެ.

ބްރަޔަންޓް މަޝްހޫރު ވެގެންދިޔައީ އޭނާ ލޮސް އެންޖަލަސް ލޭކަރސް އަށް ކުޅުނު ދުވަސްވަރުގައެވެ. ބާސްކެޓް ބޯޅަ ކުޅުމުން ރިޓަޔަރ ވުމުގެ ކުރިން އޭނާވަނީ އެންބީއޭގެ 18 އޯލް ސްޓާރ ގޭމް ކުޅެފައެވެ. މީގެއިތުރުން އެންބީއޭ ޗެމްޕިއަންޝިޕް ފަސް ފަހަރު އޭނާވަނީ ކާމިޔާބުކޮށްފައެވެ. ބާސްކެޓްކުޅުން އޭނާ ހުއްޓައިލައިފައިވަނީ 2016 ވަނަ އަހަރުގައެވެ.

ބްރަޔަންޓް އޭނާގެ ސީނިއަރ ކެރިޔަރ ފަށައިފައިވަނީ 1996 ވަނަ އަހަރުއެވެ. އޭނާގެ މުޅި ކެރިޔަރގައި އޭނާ ކުޅެފައިވަނީ އެންމެ ކްލަބަކަށެވެ.

ބްރަޔަންޓް މަރާއި ގުޅިގެން އެންބީއޭގެ ކޮމިޝަނާ އެޑަމް ސިލްވާ ވިދާޅުވީ ގެއްލިގެން މިދިޔައީ އެންބީއޭގެ ތާރީހުދުއް އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ލެޖެންޑެއް ކަމަށާއި އަދި މި ފަހުގެ ތާރީހުގައި އޭނާ ހަދައިފައިވާ ރެކޯޑްތައް އެހެން ކުޅުންތެރިންނަށް މުގުރާލުމަށް އުނދަގޫ ވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355