އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އެއް ބޭފުޅަކު ވާދަކުރައްވާއިރު ކައުންސިލަރުކަމަށް ކުޅުދުއްފުށީގެ ހަ ދާއިރާއަށް ދިހަ ބޭފުޅުން ވާދަކުރަން ނިންމާފައިވާ އިރު ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅުން ވާދަ ކުރައްވާނެކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އަސްރަފް އަބްދުﷲ/ ނައިޓް ކުލައުޑް، ކުޅުދުއްފުށީ
ފާރޫގު މުޙައްމަދު/ މާދޫގެ، ކުޅުދުއްފުށީ
އާމިނަތު އަބްދުﷲ/ ހާލަމް، ކުޅުދުއްފުށީ
އާމިނަތު އަޙްމަދު/ މިރިހިމާގެ، ކުޅުދުއްފުށީ
ހަފީޒާ މުޙައްމަދު/ އޭރީޒް، ކުޅުދުއްފުށީ
އާތިފާ އަލީ/ ވިޝަން، ކުޅުދުއްފުށީ
އަހްމަދު ސަމީރު/މެސްކޮޓް، ކުޅުދުއްފުށީ
މުޙައްމަދު އަބްދުއްރައްޒާގު/ގޭޖް، ކުޅުދުއްފުށީ
ސާހިދާ އާދަމް/މާކުރި، ކުޅުދުއްފުށީ
މުޙައްމަދު އަޙްމަދު/ ޖިހާދު، ކުޅުދުއްފުށި
ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ކަނޑައެޅުމާއެކު ސިޓީގެ ދާއިރާތައް އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމުން ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކުގެ ޓިކެޓް ހޯދަން ޕީޕީއެމްއިން ހުޅުވާލީ ފުރުސަތުގައި ކުޅުދުއްފުށީ ސިޓީން 13 އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ.
ޕީޕީއެމް އިން ބުނީ އެ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރާ މޭޔަރުކަމަށް އެއްފަރާތުން އަދި ކައުންސިލަރު ކަމަށް ހަ ދާއިރާގެ ގޮނޑިއަށް 10 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި ހުޅަނގު އުތުރު ދާއިރާ އަދި އިރުދެކުނު ދާއިރާ ފިޔަވައި އެހެން ދާއިރާގޮނޑިތަކަށް ވާދަ ކުރައްވާ މީހުންނާއި ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށީ ސިޓީ އިން ހދ. އަތޮޅުކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ދެމީހުންގެ މެދުގައި ޕްރައިމަރީ ބޭއްވިގެންދާނެ އެވެ.
ޕީޕީއެމުން ބުނީ ޕްރައިމަރީގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެއޮފީހަށް 1146 ފޯމް ލިބިފައިވާ ކަމަށެވެ. އެގޮތުން 14 އަތޮޅެއް 51 ރަށެއްގެ އިތުރުން ރާއްޖޭގެ 4 ސިޓީގައި ވެސް ޕްރައިމަރީ ކުރިއަށްދާނެ ކަމަށާއި ޕްރައިމަރީގައި ވޯޓްލުމަށްޓަކާ މާލޭއާއި ވޯޓްލާ ހުރިހާ ދާއިރާ ތަކެއްގައި ވޯޓްފޮށި ބެހެއްޓިގެންދާނެކަމަށެވެ. އަދި ކެންޑިޑޭޓުންނަށް މަމްދޫބުން ހޯދުމަށް ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް ހުޅުވިފައިވާ ކަމަށެވެ.