twitterviber whatsapp telegramfacebookyoutube instagram
18th April 2024

އެމްޑަބުލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރު އެހެން ތަނަކަށް ބަދަލުކުރުމަށް މަޝްވަރާކޮށްފި

Feb 9, 2020
2

ކުޅުދުއްފުށީގައި ހުންނަ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބުލިއުއެސްސީ)ގެ އޮޕަރޭޝަން ސެންޓަރު އެހެން ތަނަކަށް ބަދަލުކުރުމަށް މަަޝްވަރާކޮށްފި އެވެ.

އެމްޑަބުލިއުއެސްސީގެ އެމްޑީ ހަސަން ޝާހް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކުންފުނީގެ އިސްވަފުދެއް މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން އެކަމާ ވަނީ ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއެކު މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި އެމްޑަބުލިއުއެސްސީން އެދިފައިވަނީ އެފަރާތުގެ އޮޕަރޭޝަން ސެންޓަރު އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވާތީ އެކަމަށް ބިމެއް ހޯދައިދިނުމަށެވެ.

އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރު ގާއިމުކޮށްފައިވަނީ ރަށުގެ އުތުރު ކޮޅުގައި އެވެ. އެ ސަރަހައްދުގައި އެއާޕޯޓް ތަރައްގީކުރުމާއެކު އެތަނަށް މުވައްޒަފުން ދާން ޖެހެނީ އެއާޕޯޓްގެ ހުއްދައާއެކު ރަންވޭ ހުރަސްކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަން އެމްޑަބުލިއުއެސްސީ ހާމަކުރެ އެވެ.



އެެހެންވެ އެތަން ބަދަލުކުރުމަށް އެމްޑަބުލިއުއެސްސީ ބޭނުންވަނީ ލައިސެންސް ޓްރެކް ހެދުމަށް އަތޮޅު ކައުންސިލަށް ދޫކޮށްފައިވާ ސަރަހައްދުގެ ކޮށި އެއްކޮށްނެވެ. އެ ބިން އެ ކުންފުންޏަށް ހަމަޖައްސައިދިނުމަށް ކައުންސިލްގައި ވަނީ އެދިފަ އެވެ.

އެމްޑީ ޝާހްގެ މިދަތުރުފުޅުގައި ވަނީ ކުޅުދުއްފުށީގައި ތިބޭ އެމްޑަބުލިއުއެސްސީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355