twitterviber whatsapp telegramfacebookyoutube instagram
10th September 2026

ނަޝީދު އެންޑް ކޯ އުތުރު ގޮތްޕަށް މަސައްކަތު މީހަކު ހޯދަނީ

Feb 18, 2020
1

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ ލޯ ފާމުގެ އުތުރު ބްރާންޗަށް މަސައްކަތު މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ކުޅުދުއްފުށީގައި ހުޅުވާފައި ހުންނަ އެ އޮފީހަށް ހޯދައި މަސައްކަތު މީހާގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ އަގަކަށްށެވެ.

މަގާމުގެ މައިގަނޑު މައުސްއޫލިއްޔަތަކީ އޮފީސް ކޮންމެ ފޮޅައި ސާފުކުރުމާއި އޮފީހުގެ ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމެވެ. އަދި އޮފީހުގައި ކުރަން ހުންނަ ބޮޑެތި މަރާމާތުތައް އެފަދަ މަސައްކަތް ދަންނަ މީހަކާ ހަވާލުކޮށްގެން ކުރުމެވެ.

މަގާމުގެ ޝަރުތަކީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރަސްމީ ގަޑީގައި އެ އޮފީހުގެ ނަމްބަރު 6528778 ނަމްބަރު ފޯނާ ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293