twitterviber whatsapp telegramfacebookyoutube instagram
8th November 2026

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ފްރާންސްގެ ނޫސްވެރިން އަތުވެއްޖެ

ޚަދީޖާ އާދަމް
Feb 19, 2020

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓަކައި ފްރާންސްގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މި ދަތުރުގައި ރާއްޖެއަށް އައި ފްރާންސްގެ ނޫސްވެރިންގެ ޓީމުގައި އޯބް ޑޮޓް ކޮމް، މިންޓް މެގަޒިން، ސިމްޕަލް ތިންގްސް، ލި ޖޭނަލް ޑިސް ފެމިސް ޑޮޓް އެފް އާރު އަދި ޕެރިސް މާށްއަށް ލިޔާ ނޫސްވެރިން ހިމެނެ އެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓަކައި މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ތިންވަނަ ދަތުރެވެ.

އެމްއެމްޕީއާރުސީން ބުނީ "ނޭޗާސް ޗީކް" ތީމުގެ މައްޗަށް ކުރިއަށްގެންދާ މި ދަތުރުގެ މަގްސަދަކީ ރާއްޖޭގެ ލަގްޒަރީ އަދި ގުދުރަތީ މުއްސަނދިކަން ފްރާންސްގެ މާކެޓުގައި އިޝްތިހާރު ކުރުން ކަމަށެވެ.

މީގެ ކުރިން ރާއްޖެއަށް ދެކުނު އެފްރިކާއާއި ސްޕެއިންގެ ނޫސްވެރިންގެ ޓީމެއްވެސް ވަނީ އައިސްފަ އެެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293