twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިނިމަމް ވޭޖުގެ ގޮތުގައި 6400 ރުފިޔާ ކަނޑައެޅުމަށް ލަފާ އަރުވައިފި

Feb 23, 2020
2

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވައިފި އެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ވެސް ބޯޑުން ވަނީ ލަފާ އަރުވައިފަ އެވެ.

ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވައިފި އެވެ.

މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި މިނިމަމް ވޭޖު ކަނޑައަޅާއި އިއުލާނުކުރައްވާނެކަމަށް ވިދާޅުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ހަފްތާގައި ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ގޭބިސީއާއި އާމްދަނީ އާއި ހަރަދުގެ ސާވޭ (ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ 2016) ދައްކާ ގޮތުން ގޭބިސީއެއްގެ އެވްރެޖް ސައިޒަކީ 5.3 މީހުންނެވެ. ވެއިޓެޑް އެވަރޭޖެއްގެ ގޮތުގައި ބޯޑުން ކަނޑައެޅީ 4.2 މީހުން ކަމަށެވެ. އަދި އެ ސާވޭ ދައްކާ ގޮތުގައި އެވަރެޖްކޮށް ކޮންމެ ގޭބިސީއެއްގައި އުޅެނީ ވަޒީފާ އަދާކުރާ ދެ މީހުން ކަމަށެވެ.

އިގްތިސާދީ މިންގަނޑުން އެ ބޯޑުން ބަލާފައިވަނީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެއްގޮތް ގައުމުތަކުގައި މިނިމަމް ވޭޖު ކަނޑައަޅާފައިވާ ގޮތަށާއި، ޕަވަޓީ ލައިން ނުވަތަ ފަގީރުކަމުގެ މިންގަނޑަށާއި، އަދި ކައިޓްޒް އިންޑެކްސްއަށެވެ.

މިނިމަމް ވޭޖަކީ ހަމައެކަނި މުވައްޒަފުގެ އަސާސީ މުސާރަ ކަމަށް ފެންނަކަމަށްވެސް ބޯޑުން ލަފާ ދިނެވެ. އަދި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަށް ތަފާތުކުރުމެއް ނެތި މިނިމަމް ވޭޖުގެ ނިޒާމުގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހި މުވައްޒަފުންނެކޭ އެއްގޮތަށް ބިދޭސީ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖު ދޭން ފެންނަކަމަށް ބޯޑުން ބުންޏެވެ. ނަމަވެސް ބިދޭސީން ކަނޑައެޅުމަށް މޮރެޓޯރިއަމް ޕީރިއަޑެއްގެ ގޮތުގައި 1 އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ދޭން ބޯޑުން ލަފާ ދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355