twitterviber whatsapp telegramfacebookyoutube instagram
20th December 2025

ހަލުވިކަމާއެކު ކޯވިޑް 19 ފެތުރޭތީ އައިޓީބީ ބަރލިން ކެންސަލްކޮށްފި

ނަބީލާ އިސްމާޢީލް
Feb 29, 2020

ހަލުވިކަމާއެކު ކޯވިޑް 19 ފެތުރެމުންދާތީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ ޖަރުމަން ވިލާތުގެ އައިޓީބީ ބަރލިން 2020 ކެންސަލް ކޮށްފިއެވެ.

އައިޓީބީ ފެއަރއަކީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބައިވެރިވާ ފެއަރއެކެވެ. މިއަހަރުގެ އައިޓީބީ ފެއަރގައިވެސް ރާއްޖޭގެ ނުވަދިހަ ނުވަ ކުންފުންޏަކުން ބައިވެރިވާގޮތަށް ހަމަޖެހިފައި ވާކަމާއި ރާއްޖެއިން މި ފެއަރގައި ބައިވެރިވާ ފަރާތްތަކުން މަރޗު އެކެއްގައި ބަރލިންގއަށް ފުރުމަށްވެސް އޮތީ ކުރިން ހަމަޖެހިފައެވެ.

މިއަހަރުގެ ފެއަރ ބާއްވަން ނިންމާފައި އޮތީ އަންނަ މަހު ހަތަރަކުން އަށަކަށް ޖަރުމަނުވިލާތުގެ ބަރލިން ގައެވެ. މި ފެއަރގައި ދުނިޔޭގެ އެކި ގައުމުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިހަ ހާހަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް އައިޓީބީ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ.

މިއަހަރުގެ ފެއަރ ކެންސަލްކޮށް އައިޓީބީ ބާލިންއިން ކުރި ޓްވީޓުގައި ބުނެފައިވަނީ ހަލުވި ކަމާއިއެކު ކޯވިޑް 19 ދުނިޔޭގައި ފެތުރެމުންދާތީ އެގައުމުގެ ހެލްތު މިނިސްޓްރީންނާއި އިކޮމިކް މިނިސްޓްރީގެ ލަފާއާއި އެއްގޮތަށް މިއަހަރުގެ އައި.ޓީ.ބީ ބަރލިން ފެއަރ ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ.

ކޯވިޑް-19 ފެތުރެމުންދާތީ ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ހަރަކާތްކަމުގައިވާ "މޯބައިލް ވޯލްޑް ކޮންގްރެސް"ވެސް ވަނީ ކެންސަލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355