twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ސަރުކާރުން ބަހެއް ބުނަން ފަސްޖެހުމަކީ ފިނޑި އަމަލެއް

އަބްދުލް ވާހިދު ޙަސަން
Mar 1, 2020
3

އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ހިންދޫ ހިންގަމުންދާ ގަތުލްއާންމުއާ ދެކޮޅަށް ދިވެހި ސަރުކާރުން ބަހެއް ނުބުނެ ހުރުމަކީ ފިނޑި އަމަލެއްކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ކުރީގެ ރައީސް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގައި ދިއްލީގައި މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ހިންދޫއިން ދަނީ ގަތުލްއާންމު ހިންގަމުންނެވެ. މިދިޔަ ފާއިތިވި މަދު ދުވަސްކޮޅުގެ ތެރޭގައި އެތަކެއް މިސްކިތްތެއް އަލިފާން ޖަހާ ރޯކޮށްލާފައިވާއިރު މުސްލިމުންގެ ގެދޮރުގައިވެސް ދަނީ ހުޅު ޖަހާ ރޯކުރަމުންނެވެ.

ކުޅުދުއްފުށީގައި އެމްޑީޕީ ވަރަށް އިސްކޮށް އުޅުއްވާ އަލީ މިރޭ ވިދާޅުވީ އިންޑީޔާގެ މުސްލިމުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް ދިވެހި ސަރުކާރުން ބަހެއް ބުނަން ޖެހޭ ކަމަށެވެ.

"ކޮންމެ ގޮތަކަށް ކަންކަން ކުރިކަމުގައިވިޔަސް މި އަނިޔާތަކަކީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލުތަކެއް." ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ހިންގުމާ ހަވާލުވެ ހުންނެވި އަލީ ވިދާޅުވި އެވެ.

"
"ހިތްފަޅައިގެންދާވަރުގެ މި ޖަރީމަތަކަށް ދިވެހި ސަރުކާރުން ބަހެއް ބުނަން ފަސްޖެހުމަކީ ފިނޑި އަމަލެއް."
ކުޅުދުއްފުށީ އެމްޑީޕީ ދެކުނު ދާއިރާގެ ނައިބު ރައީސް ވިދާޅުވި އެވެ.

މީޑިއާ މެދުވެރިކޮށް ފެންނަ މަންޒަރުތަކުން ހިތްފަޅައިގެންދާ ވަރުވާ ކަމަށާއި އެ ޖަރީމާތަކަށް ދިވެހި ސަރުކާރުން ބަހެއް ބުނަން ފަސް ޖެހުމަކީ ފިނޑި އަމަލެއް ކަމަށެވެ.

އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަނިޔާތައް ކޮށްވެރިނުކުރާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355