twitterviber whatsapp telegramfacebookyoutube instagram
27th July 2024

އިންޑިއާއިން ބައެއް ބޭސްތައް އެކްޕޯޓް ކުރުން ލިމިޓްކޮށްފި

ޚަދީޖާ އާދަމް
Mar 4, 2020

ކޮވިޑް-19 ފެތުރޭތީ އިންޑިއާއިން ބައެއް ބެސްތައް އެކްޕޯޓް ކުރުން ލިމިޓް ކޮށްފި އެވެ. އެގޮތުން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" ވެސް އެކްސްޕޯޓުކުރުން ވަނީ ލިމިޓްކޮށްފަ އެވެ.

ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓްކޮށްފައިވާއިރު މި ބޭސްތައް އެކްސްޕޯޓު ކުރުން ލިމިޓްކުރީ އެ ބޭސްތަކަށް ބޭނުންވާ ތަކެތި ޗައިނާއިން ލިބުމުގައި ދަތިތައް ކުރިމަތިވުމުންނެވެ.

އިންޑިއާ އިން އުފައްދާ 70 ޕަސެންޓް ބޭސް އުފެއްދުމަށް ބޭނުންވާ އިންގްރީޑިއެންޑް ގެންނަނީ ޗައިނާއިންނެވެ. މިއާ އެކު ބޭސް ލިބުމުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ދަތިތަކާ ކުރިމަތިވާނެ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކަށް ވެސް ބޭސް އެކްސްޕޯޓުކުރާ އެއް ގައުމެވެ. އެގޮތުން 2018 ވަނަ އަހަރު އެމެރިކާ އަށް އެތެރެކުރި ބޭހުގެ ހަތަރު ބައި ކުޅަ އެއް ބަޔަކީ އިންޑިއާގެ ބޭހެވެ. މީގެ އިތުރުން އެ ގައުމުން އުފައްދާ ބޭހަށް ބޭނުންވާ 30 ޕަސެންޓް އިންގްރީޑިއެންޓް ވެސް ހޯދީ އިންޑިއާ އިންނެވެ.

ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ނުލިބޭތީ މިހާރު ވެސް ބޭހުގެ އަގުތަށް އުފުލެމުންދާ ކަމަށް އޮކްސްފޯޑްގެ އިކޮނޮމިކްސްގެ ލީޑް އިކޮނޮމިސްޓް، ސްޓީވަން ފޯމަން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355