twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިއަހަރުގެ މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ހުޅުދުއްފާރުގައި ނިންމާލައިފި

ޚަދީޖާ އާދަމް
Mar 16, 2020

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާރ އިން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އެ މިނިސްޓްރީން މިއަހަރުވެސް މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިނގުމަށް ވަނީ ހަމަޖެހިފައެވެ.

މާރިޗު މަހުގެ 7 އިން 12 އަށް ރ.ހުޅުދުއްފާރުގައި ހިނގުނު މިތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ލޭނުމަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައެވެ. މިތަމްރީނުތައް ހިންގުނީ ދެ ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 16 ބައިވެރިން ހިމެނޭ ގޮތަށް ޖުމުލަ 32 ބައިވެރިންނާއި އެކުއެވެ.

މިތަމްރީނުގެ ދެ ބުރުވެސް ހިންގުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދު "ރީނދޫ އުރަހަ" ދޯނީގައެވެ. މިއުޅަނދަކީ ދެބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ.

މިތަމްރީނު ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖްރިބާ ލިބިފައިވާ މިނިސްޓްރީގެ ޓްރެއިނިންގ ސްޓާފުން ކަމަށްވާ ޕްރޮގްރާމް އޮފިސަރ އަހްސަން މުހައްމަދާއި އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ އަހްމަދު ރިޔާޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355