twitterviber whatsapp telegramfacebookyoutube instagram
24th September 2026

ރަޝިޔާގައި ތިބި ދިވެހި ކިޔަވާކުދިންތަކެއް ކަރަންޓީންކޮށްފި

ޚަދީޖާ އާދަމް
Mar 19, 2020

ރާއްޖެއިން ރަޝިޔާއަށް ދަތުރުކުރި ދިވެހި 3 ދަރިވަރެއްގެ ގައިން ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އެ ގައުމުގައި ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ތިން މީހުން ވެސް ކަރަންޓީނުކޮށްފައި ވަނީ އެމީހުންގެ ގައިގައި ބަލީގެ އަލާމާތް ހުރިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ރަޝިޔާ އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. މަބްރޫކް ވިދާޅުވީ އެ ތިން ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ އެމްބަސީން އެކުދިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293