twitterviber whatsapp telegramfacebookyoutube instagram
4th November 2025

ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުން ހޮސްޕިޓަލަށް ނުގޮސް ބޭސް ސިޓީ އާ ކުރެވޭނެ ގޮތް ހަދައިފި

Mar 19, 2020

ހޮސްޕިޓަލަށް ނުގޮސް ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާ ކޮށްދިނުމުގެ އިންތިޒާމު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހަމަޖައްސައިފި އެވެ.

ކޭއާރުއެޗުން މިއަދު އެކަން ހާމަކޮށް ނެރުނު އިއުލާނުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތަށް އިންތިޒާމު ހަމަޖައްސާފައިމިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި އެވެ.

ހޮސްޕިޓަލުން ބުނީ ދާއިމީ ބަލިތަކަށް ބޭސް ކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާ ކުރަން ބޭނުންވާ ފަރާތްތަކުން، އެންމެ ފަހުން ނެގި ބޭސް ސިޓީގެ ފޮޓޯއެއް 7887799 ނަމްބަރުގެ ވައިބަރއަށް ފޮނުވުމަށެވެ. އަދި އެކަމާ ގުޅޭ މުއާމަލާތްތައް ކުރަން ބޭނުންވާ ފަރާތްތަކުން އެ ވައިބަރ ނަމްބަރު މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެކަމާ ގުޅިގެން ހޮސްޕިޓަލަށް ކުރަން ޖެހޭ ޒިޔާރަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުވެސް އެ ނަމްބަރު މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައިވެސް އަންނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355