twitterviber whatsapp telegramfacebookyoutube instagram
1st July 2025

ހުއްދަނެތި ހޮނޑާފުއްޓަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Mar 26, 2020

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކަށް އަރާ ފޭބުން މަނާކޮށްފައި ވަނިކޮށް ހދ. ހޮނޑާފުއްޓަށް އަރާފައި ފޭބި މުވައްޒަފަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރިސޯޓްގައި މަސައްކަތް ކުރާ 22 އަހަރުގެ ދިވެހި މުވައްޒަފެކެވެ.

މިމަހު 13 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަންގާފައި ވަނީ ރަށްރަށުން މީހުން ރިސޯޓުތަަކަށް ދިޔުމާއި ރިސޯޓުން މީހުން ފޭބުން މަނާކުރުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގޮތަށް އަންގާފައި ވަނިކޮށް، ރޭ ހދ. ހޮނޑާފުށި އައިލެންޑް ހޮޓެލްގެ ރިސޯޓު މުވައްޒަފަކު ރިސޯޓްގެ ހުއްދައަކާއި ނުލާ ހދ. ހަނިމާދޫގައި ހުރެފައި، ހޮނޑާފުށި އައިލެންޑް ރިސޯޓަށް އެރި ކަމަށެވެ. އަދި ރިސޯޓަށް އެރުމަށްފަހު ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އަނެއްކާވެސް ހަނިމާދޫއަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355