twitterviber whatsapp telegramfacebookyoutube instagram
8th January 2026

ޗާޓާ ފްލައިޓުތަކުން ދިވެހިން ގެންނަން ހުއްދަ ދިނުން މެދުކަނޑާލައިފި

ޚަދީޖާ އާދަމް
Mar 26, 2020

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ހެދި، ފްލައިޓުތައް މެދުކަނޑާލާފައިވާ ގައުމުތަކުން ދިވެހީން އަނބުރާ ގެންނަން ޗާޓަރު ފްލައިޓްތައް ބާއްވަން ހުއްދަ ދިނުން ސަރުކާރުން މެދުކަނޑާލައިފި އެވެ.

އަމިއްލަ ފަރާތްތަކުން ޗާޓާކޮށްގެން އޮޕަރޭޓު ކުރަން އެދި ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން ޓްރާންްސްޕޯޓު މިނިސްޓްރީއިން މެދުކަނޑާލާފައިވަނީ މިއަދު އެވެ.

ސްރީލަންކާގައި ތިބި ދިވެހީން އަނބުރާ ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަމޯލްޑިވްސްއިން މި ހަފްތާގެ ތެރޭގައި ވަނީ ބުނެފައެވެ.

ޗާޓާ ޕްލައިޓުތަކަށް ހުއްދަ ދިނުން މެދުކަނޑާލަން ނިންމި ނަމަވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓުން ނެރުނު ނޫސްބަޔާނުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355