twitterviber whatsapp telegramfacebookyoutube instagram
25th October 2020

އަންނަ ހަފްތާ ތިން ދުވަހު ބޭންކުތައް ހުޅުވަނީ

Apr 9, 2020

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާވެސް މިވަނީ ސަރުކާރު ބަންދު ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ. ނަމަވެސް އަންނަ ހަފުތާގެ ތިން ދުވަހު ބޭންކްތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަންނަ ހަފްތާ ސަރުކާރު ބަންދު ކުރިނަމަވެސް އަންނަ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށެވެ.

އެ ދުވަސްތަކުގައި ފައިސާ ބަލައިގަނެ ދޫކުރުން ފަދަ ބޭންކިން ހިދުމަތް ލިބޭނީ ކޮންމެ ދުވަހަކު 09:30 އިން ފެށިގެން 12:30 އަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 09:30 އިން 11:00 އަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާއްމުން އެއްވެ އުޅުމުން ދުރުހެލި ކުރުމަށްޓަކައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮންނަތާ ތިން ހަފުތާ ވެއްޖެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355