twitterviber whatsapp telegramfacebookyoutube instagram
6th May 2024

މާލެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Apr 18, 2020

މާލެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށްހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދާދި ދެންމެ އަކު ހާމަކޮށްފި އެވެ.

މިއާއެކު މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 އެވެ.

މާލެއިން 9 ވަނަ މީހަކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޭ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ މާލެއިން ޕޮޒިޓިވްވި "ޕޭޝަންޓް27" އާ ސީދާ ބައްދަލުވި މީހެއް ކަމަށެވެ. އޭނާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އިއްޔެ މާލެއިން ޕޮޒިޓިވްވި ޕޭޝަންޓް27 އަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި އެނގިފައިނުވާ ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ބުނެފައެވެ.

އިއްޔެ މާލެއިން ޕޮޒިޓިވްވި ޕޭޝަންޓް 26 އަދި ޕޭޝަންޓް 27 އަކީ ކުރިން މާލެއިން ޕޮޒިޓިވްވި ކޭސްތަކާ ގުޅުމެއް އޮތް ދެ މީހުންނެއް ނޫނެވެ. އެ ދެމީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި ނުހޯދެއެވެ.

މިހާތަނަށް މާލެއިން ފެނުނު ނުވަ ކޭސްގެ ތިން ކްލާސްޓާއަށް ބެހިގެންވެއެވެ.

ރޭ ފެނުނު ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 29 އަށް އަރާފައެވެ. އޭގެ ތެރޭގައި 13 ބިދޭސީން އަދި ތިން ދިވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355