twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ރައީސް މުއިއްްޒުއާ ދެކޮޅަށް ކުޅުދުއްފުށީގައި އަޑުއުފުލައިފި

އަބްދުލް ވާހިދު ޙަސަން
Aug 26, 2025

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.

އެ މަނިކުފާނު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އުތުރު ބަނދަރުން މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފް އާއި މަޖިލިސް މެންބަރުންނެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތް ވަގުތު އަޑުގަދަކުރާ ބޭނުންކުރާ ބޭނުންކޮށްގެން ވަނީ އެ މަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އަޑުއުފުލާފަ އެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އަތޮޅުތައް ނިކަމެތިވެގެންދިޔަކަން ފާހަގަކޮށް އެކަން ބަދަލުކުރުމަށް ގޮވާލަމުންދިޔަ އެވެ.

އަދި މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފަހަތުގައި އޮތްވެ ހުށަހެޅި ބިލް ބޭރުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔަ އެވެ. މީގެ އިތުރުން 'ލޮލަށް ނުފެންނަށް އާ ވައުދުތަކެއް ބޭނުން ނޫން'ކަމަށްބުނެ ދަމާފައިވާ ބެނާތައް ގެންގުޅުނެވެ.

ރައީސް ކުޅުދުއްފުއްޓަށް މި ކުރައްވާ ދަތުރުފުޅުގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355