twitterviber whatsapp telegramfacebookyoutube instagram
27th June 2026

މޫސުން ގޯސްވެ އުތުރަށް އޮރެންޖް އިންޒާރު ނެރެފި

އަބްދުލް ވާހިދު ޙަސަން
Aug 20, 2024

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހއ އިން ށ އަތޮޅަށް އޮރެންޖް އިންޒާރު ނެރެފި އެވެ.

މެޓު އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭގެ 20:30 ން 22:30 އަށެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް މިއަދު ހެނދުނު ނެރެފައިވާ ހުދު ސަމާލުވަނީ މިރޭ ރީނދޫ ސަމާލަށް ބަދަލުކުރުމަށްފަހު އޮރެންޖު އިންޒާރަށް ބަދަލުކޮށްފަ އެވެ.

އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރު ފަހުން ފެށިގެން ހުއްޓާނުލާ ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.

އެހެންކަމުން ސިޓީ ކައުންސިލުންވަނީ ވަނީ ވަގުތީ ގޮތުން ގުޅޭނެ ހޮޓްލައިނެށްވެސް ގާއިމްކޮށްފަ އެވެ.

ރާއްޖެއާށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު މި ދުވަސްވަރު ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355