ވިއްސާރަ ދުވަސްވަރަށް ކުޅުދުއްފުށީ ތެރޭ ހެދޭ ފެންގަނޑު މޫދަށް ބޭރުކުރުމަށް އަމީނީމަގު ދެކުނު ކޮޅުން މޫދަށް ހޮޅި ލޭނެއް އަޅައިފި އެވެ.
ވިއްސާރަ ދުވަސްވަރަކީ ކުޅުދުއްފުށީ ވަކި ސަރަހައްދުތަކެއްގައި އާންމު ގޮތެއްގައި ފެންބޮޑުވާ ރަށެކެވެ. އެގޮތުން ފާހަގަކޮށްލެވޭގޮތުގައި ރަށުގެ ދެކުނު ކޮޅުގެ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ އެވެ.
އެގޮތުން އަތޮޅު ކައުންސިލުން ސަރަހައްދަކީ ފެން އާދަޔާ ހިލާފަށް ހެދޭ ސަރަހައްދެކެވެ.
ކައުންސިލް މެމްބަރު އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމީނީމަގުގައި ހެދޭ ފެންގަނޑު ބޭރުކުރަން ފުރަތަމަ ކުރި މަސައްކަތުގައި ފެނަކަ ދެކުނުން އޮންނަ ކުޅިއަށް ހޮޅިއެއް އެޅިކަމަށާއި ނަމަވެސް ބޮޑަށް ވާރޭ ވެހިއްޖެނަމަ އެކަމުން ހައްލު ނުލިބޭކަމަށެވެ.
ނަމަވެސް މިހާރު އަޅާފައިވާ ހޮޅިން އަމީނީމަގު ކާނުތަކުން މޫދަށް ފެންގަނޑު ދާނެކަމަށް އަހުމަދު ވިދާޅުވި އެވެ.
"މީގަ އެންމެ އެފެކްޓިވްވާނީ ގަވައިދުން ކާނުތައް ސާފުކުރެވި، ގަވައިދުން ހޮޅިތައް ސާފުކުރެވިވެގެން، ބުލޮކެއް އުޅޭ ކަމަށް ވެއްޖެޔަކާ ނުދާނެ." އަހުމަދު ވިދާޅުވި އެވެ.
އެހެންވުމުން ޝެޑިއުލްއެއްގެ ދަށުން ކާނުތަކާއި ހޮޅިތައް ސާފުކުރަން ޕަބުލިކް ވާރކްސްއާއެކު އަންނަނީ ވާހަކަދެކެވެމުން ކަމަށެވެ.
ޕަބްލިކް ވޯކްސް އާއި އާރުޑީސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަސައްކަތުން އަމީނީމަގުގެ ފެންބޮޑުވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ.
"އެންމެ ފުރަތަމަ ރޯޑް ޕްރޮޖެކްޓްތައް ދިޔައިރުގައި ފެންހިންދާ ނިޒާމެއް ހެދިފަ ނެތީމަ މި މައްސަލަތައް މި ދިމާވަނީ. ރަނގަޅު ފެންހިންދާ ނިޒާމަކާއި އެކޮށް އަމީނީމަގު ހެދިގެން ދިޔައިރުގަވެސް ރަނަރ އައުޓްފޯލްތަކެއް ލައިފަ ހަދާފަހުރިނަމަ އަސްލު މިކަންކަން ކުރާކަށް ނުއެއްޖެހުނީސް. އޭގެ ޒާތުގައި ފެންގަނޑު ބޭރުވެވެ ހުންނަ ނަމަ އެ ބްލޮކްވާ ބުލޮކުވުންވެސް ކުޑަވީސް." އޭނާ ވިދާޅުވި އެވެ.
މީގެ ގާތްގަނޑަކަށް 2 އަހަރުވަރު ކުރިން އަމީނީމަގުގެ އުތުރުކޮޅުންވެސް މިފަދަ ހޮޅިއެއްވަނީ ކުޅިއަށް އަޅާފަ އެވެ.
ދާދިފަހުން ކުޅުދުއްފުއްޓަށް ކުރި ވިއްސާރާގައި ބޮޑު ސަރަހައްދެއްގެ ފެންބޮޑުވެ 100 އަށްވުރެ ގިނަ ގޭބިސީތަކަށް ގެއްލުންވި އެވެ.