twitterviber whatsapp telegramfacebookyoutube instagram
31st October 2026

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Oct 31, 2026

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން ހިންގާ ކްރޮސް ސްޓިޗިންގ ދަސްކޮށްދިނުމުގެ ތަމްރީން ކޯހުގައި ބައިވެރިވުމަށް އެކައުންސިލުން ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށިގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގޭ ކޯހެއްކަމަށެވެ.

އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫޙު އުފައްދައި، އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހިތްވަރު ލިބިދިނުމަށާއި ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި އެ އުފެއްދުންތަކަށް ބާޒާރުން ޖާގަ ހޯދުމަށް އެހީތެރިވެދިނުމަކީ މި ކޯސް ހިންގާ މުޙިއްމު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.

މި ތަމްރީން ކޯހުގައި ކިޔަވައިދެއްވާނީ އާމިނަތު ޝިހާނާ، މަޝްހޫރު ނަމުން ނަމަ، "އަބުޑީ" އެވެ.

ޖުމްލަ 30 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ކޯސް، އޮންނާނީ އަންނަ މަހު 21 ން 27 ގެ ނިޔަލަށް ލަގޮނޑި މާލިމީ މާލަމުގައި (އެން.އޯ.ސީ އިމާރާތުގެ 02 ވަނަ ފަންގިފިލާ ހޯލް) ގައެވެ.

ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293