twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ތިލަދުންމަތީގެ ރަށްތަކެއް ލޮކްޑައުންކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 19, 2020

ހއ އަދި ހދ އަތޮޅުގެ ރަށްތަކެއް ލޮކްޑައުންކޮށްފި އެވެ. ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ދަތުރުކުރި ބޯޓެއް އުތުރުގެ ބައެއް ރަށްރަށަށް ޖައްސާފައިވާތީ އެ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

އެގޮތުން ލޮކްޑައުންކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހދ ވައިކަރަދޫ، ނޮޅިވަރަންފަރު، ހިރިމަރަދޫ، ހއ އިހަވަންދޫ، އުލިގަމު، ތަކަންދޫ އަދި ހޯރަފުއްޓެވެ.

އެނގިފައިވާގޮތުގައި ހިރިމަރަދޫ ފިޔަވާ އެހެން ދެން ހުރި ރަށްތައް ލޮކްޑައުންކޮށްފައިވަނީ، އިހަވަންދޫ، ކާވިޔާ ބޯޓް ޖައްސާފައިވާ ރަށްތަކެވެ. އެއީ އެ ބޯޓުގައި ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ދަތުރުކުރުކޮށްފައިވާތީ އެވެ. އަލާމާތްތައް ހުރެގެން ޓެސްޓް ކުރަމުންދަނީ އުލިގަމު މީހެކެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އުލިގަމު މީހާގެ ސްކުރީނިންގ ޓެސްޓުން ކޮރޯނާވައިރަސް ޕޮޒިޓިވްވެފައިވާ ކަމަށާ އެކަމަކު ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވް ތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިރިމަރަދޫ ލޮކްޑައުންކޮށްފައިވަނީ އެރަށު މީހެއް އުލިގަމުން ސްކްރީނިންގ ޓެސްޓުން ވައިރަހަށް ޕޮޒިޓިވްވި މީހައާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާތީ އެވެ. ހިރިމަރަދޫ މީހާ ދަތުރުކޮށްފައިވަނީ މިމަހު 14 ވަނަ ދުވަހު ސީކްއީން ބޯޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293