twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުއްޓަށް މިއަދު ގިނަ އަދަދެއްގެ ކާބޯތަކެތި ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Apr 28, 2020

މާލެއިން މިއަދު ކުޅުދުއްފުއްޓަށް ގިނަ އަދަދެއްގެ ކާބޯތަކެތި ގެނެސްފި އެވެ. މާލެ ލޮކްޑައުންކޮށް ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިމިވާ ދަނޑިވަޅުގައި މިއަދު މިވަނީ ކާބޯތަކެއްޗާއެކު ކުޅުދުއްފުއްޓަށް ދެ ދޯނި އައިސްފައި އެވެ.

މިތުރު ކޮމްޕެނީގެ މި ދެ ދޯނީގައި ކާބޯތަކެތީގެ އިތުރުން ދެން ހުރީ ކެއްކުމަށް ބޭނުންކުރާ ގޭހެވެ. މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ، ދެ ބޯޓުގައިވެސް ގެނެސްފައިވާނީ މިތުރުގެ މުދަލާއި ރަށުގެ ވިޔަފާރިވެރިންގެ މުދާ ކަމަށެވެ.

މީގެ އިތުރުން ކައިރި ބައެއް ރަށްތަކުގެ އޯޑަރުތައްވެސް ގެނެސްފައިވާނޭ ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ގެނެސްފައިމިވާނީ ރޯދަމަހު އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަމުންދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކަމަށެވެ.

އަދި ކާޑާއި އަލުވި، ބިސް، ކައްކާތެޔޮ، ނޫޑްލިސް ފަދަ ތަކެތިވެސް ގިނަ އަދަދަކަށް ހުންނާނެ ކަމަށެވެ. ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނޭކުރެންދޫގެ ވިޔަފާރިތަކުގެ މުދާވެސް ހިމެނެ އެވެ.

މިއަދު ކުޅުދުއްފުއްޓަށް މުދާ ބޭލީވެސް ޑިސްއިންފެކްޓްކުރުމަށް ފަހު އެވެ. ކުޅުދުއްފުއްޓަކީ ސަރަހައްދީ ކައިރި ގިނަ ރަށްތަކެއް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ރަށެއްކަމުން ކޮންމެ ދުވަހުވެސް ކައިރި ތިން އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ވިޔަފާރީގެ ބޭނުންތަކަށް ކުޅުދުއްފުއްޓަށް އާދެ އެވެ.

މާލޭ ލޮކްޑައުންކުރި ހިސާބުން ފެށިގެން މުދާ ބަލާ ކުޅުދުއްފުށިން މާލެއަށް ދަތުރުކުރަނީ ސަޕްލައި އޮޑިފަހަރުކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355