twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޑަބްލިއުއެޗްއޯ އިން އިތުރު 10،000 ޓެސްޓްކިޓް ހަދިޔާކޮށްފި

May 18, 2020

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިތުރު 10،000 ޓެސްޓު ކިޓާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ހަދިޔާކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން މިއަދު ހަދިޔާކުރި ޓެސްޓިންގް ކިޓުތަކާއެކު އެ ޖަމްއިއްޔާއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ އަދަދު އިތުރުވެގެންދާނެކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ.

އެ ޖަމާއަތުން ވަނީ ޓެސްޓް ކިޓުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ވެސް ރާއްޖެ އަށް މިއަދު ހަދިޔާ ކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. މިއަދު ރާއްޖެ އަށް ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ ގައުން އާއި ފޭސް މާސްކާއި އަންގި އާއި ފޭސް ޝީލްޑް ފަދަ އާލާތްތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަކަށް ކުރަމުން އަންނަ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯ އިން ދަނީ އެކިގޮތްގޮތުންއެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކިސަރަހައްދުތަކުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355