twitterviber whatsapp telegramfacebookyoutube instagram
17th February 2026

ތިލަދުންމަތީގެ ފެރީގެ ހިދުމަތް މާދަމާ އަލުން ފަށަނީ

Jun 14, 2020

އެންމެ އުތުރުގެ ތިން އަތޮޅުގެ ފެރީގެ ހިދުމަތް މާދަމާ އަލުން ފަށަން ހަމަޖެހިފައިވާކަމަށް އެ ހިދުމަތް ދެމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ( އެމްޓީސީސީ) ހާމަކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ފެރީގެ ހިދުމަތް ހުއްޓާލުމަށް އަލުން ފަށާއިރު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހުރިހާ ފަސެންޖަރުންވެސް ފޭސް މާސްކް ބޭނުންކުރުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްމާސްކުރެ އެވެ.

އުތުރުގެ ތިން އަތޮޅުގެ ފެރީގެ ދަތުރުތައް މައިގަނޑުކޮށް ދަތުރުކުރާނީ ކުޅުދުއްފުއްޓަށެވެ. ސިއްހީ ހިދުމަތާއި ވިޔަފާރި އާއި އަސާސީ އެހެން ގިނަ ހިދުމަތްތައް ހޯދަމަށް އެ ރަށްތަކުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަށް ދަތުރުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355